{"audio_filepath": "audio/file1.wav", "text": "ހެއްކާ ބެހޭ ޤާނޫނު\n(ހ) މިއީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.\n\n(ށ) މި ޤާނޫނަށް ކިޔާނީ، \"ހެއްކާބެހޭ ޤާނޫނު\" އެވެ.", "duration": 26.3778125} {"audio_filepath": "audio/file2.wav", "text": "މި ޤާނޫނުގެ ބޭނުމަކީ، އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމެވެ.\n\n(ހ) ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް ، ކަނޑައަޅައިދިނުން؛\n\n(ށ) ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، މައްސަލައާ ގުޅުންހުރި މިންވަރަށް ބުރަވެ ހެކި ބައިކުރެވޭ ގޮތްތައް ބަޔާންކުރުން؛\n\n(ނ) ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި ، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛\n\n(ރ) މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައި ކަމެއް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުން؛\n\n(ބ) ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުން؛\n\n(ޅ) ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒު ލިބިގެންވާ ކަންކަން ބަޔާންކުރުން؛\n\n(ކ) ދައުލަތުގެ އިދާރާތަކުން ހިންގާ ތަޙްޤީޤުތަކާއި އެފަދަ ތަންތަނުން ބަލާ މައްސަލަތަކުގައި ކަމާ ގުޅުންހުރި ނިސްބަތަށް، މި ޤާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ކަނޑައެޅުން.", "duration": 74.8379375} {"audio_filepath": "audio/file3.wav", "text": "ރަދީފު\n(ހ) މި ޤާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތައް، މި ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.\n\n(ށ) މި ޤާނޫނުގައި ބޭނުންކޮށްފައިވާ ލަފްޒުތަކާއި ޢިބާރާތްތަކުގެ ތެރެއިން ޚާއްޞަ މާނަކުރުމެއް ދީފައިވާ ލަފްޒުތަކާއި ޢިބާރާތްތަކުގެ ރަދީފު، މި ޤާނޫނުގެ 151 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.", "duration": 26.9351875} {"audio_filepath": "audio/file4.wav", "text": "ޤާނޫނު ހިނގާނެ ދާއިރާ\n(ހ) މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް، އަންނަނިވި މައްސަލަތަކުގެ މައްޗަށް ހިނގާނެއެވެ.\n\n(1)\n\nދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތައް؛\n\n(2)\n\nދިވެހިރާއްޖޭގެ އެންމެހައި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތައް.\n\n(ށ) ދައުލަތުގެ އިދާރާއަކުން ހިންގާ ތަޙްޤީޤެއްގައި ނުވަތަ އެފަދަ ތަނަކުން ބަލަމުންދާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގެ މަސްއޫލިއްޔަތެއް އެ އިދާރާއާ ޙަވާލުވެފައިވާނަމަ، އެ މަސްއޫލިއްޔަތާގުޅޭ ނިސްބަތަށް، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް އެ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ނުވަތަ ބަލަމުންދާ މައްސަލައެއްގެ މައްޗަށް ހިނގާނެއެވެ. އޭގެ ތެރޭގައި، އަންނަނިވި ބާވަތުގެ މައްސަލަތައް ހިމެނެއެވެ.\n\n(1)\n\nކަމެއް ތަޙްޤީޤުކޮށް ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަޙްޤީޤުކުރާ ނުވަތަ ފިޔަވަޅުއަޅާ މައްސަލަތައް؛\n\n(2)\n\nދައުލަތުގެ އިދާރާއަކުން، އެ އިދާރާއެއްގެ ފެންވަރުގައި، ކަމެއް ތަޙްޤީޤުކޮށް، އެ އިދާރާގައި ހިމެނޭ މީހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅުއެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތައް.", "duration": 72.724875} {"audio_filepath": "audio/file5.wav", "text": "(ނ) ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުން މި ޤާނޫނުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައި އެވަނީ އެކަންކަމާގުޅޭ ހަމަތައް ކަނޑައެޅުމުގެ ބޭނުމުގައެވެ. އެކަންކަމާގުޅޭ ތަފްޞީލީ އިޖުރާއަތުތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޙާލަތުގައި، މި ޤާނޫނުގައިވާ އުސޫލުތައް ނެގެހެއްޓުމާއެކު ޢަމަލުކުރަންވާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.\n\n(ރ) މި ޤާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުތައް ފިޔަވައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަން ފަށާފައިވާ ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ޢަމަލުކުރަން ފަށާ އެހެން ޤާނޫނެއްގައި، މި ޤާނޫނުގައިވާ އުސޫލަކާ ޚިލާފަށް ހެއްކާބެހޭ ވަކި ޚާއްޞަ އުސޫލެއް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެ ޤާނޫނެއްގައި ބަޔާންކޮށްފައިވާ އެ ޚާއްޞަ އުސޫލު، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުގެ މައްޗަށް ހިނގާނެއެވެ. އަދި،އެ ނިސްބަތަށް، މި ޤާނޫނުގެ ކަމާބެހޭ އުސޫލު ހިފެހެއްޓިގެންވެއެވެ.", "duration": 73.9323125} {"audio_filepath": "audio/file6.wav", "text": "(ބ) ކޮމިޓީއެއްގައި ބަލާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ކަމާބެހޭ އުސޫލެއް ކަނޑައަޅާފައިވާނަމަ، މި ޤާނޫނުގެ މައްޗަށް ހިނގާނީ އެ އުސޫލެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް އެ މަޖިލީހަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ލިބިދޭ އިމްތިޔާޒަށް މި ޤާނޫނުގެ ސަބަބުން ހުރަހެއްނާޅައެވެ.", "duration": 31.2075625} {"audio_filepath": "audio/file7.wav", "text": "ޤާނޫނު މާނަކުރުން\n(ހ) މި ޤާނޫނުގައި ވަކި ބަހެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ޤާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމުތަކުގެ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ ޢިބާރާތަކަށް ދީފައި އެވަނީ އެ ބާބުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.\n\n(ށ) މި ޤާނޫނުގައި ވަކި ބަހެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ޤާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ ޢިބާރާތަކަށް ދީފައި އެވަނީ އެ ރަދީފުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.\n\n(ނ) މި ޤާނޫނުގައި ބޭނުންކޮށްފައިވާ ބަހެއް ނުވަތަ ޢިބާރާތެއް މި ޤާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމުތަކުގެ ރަދީފުގައި ނުވަތަ މި ޤާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި މާނަކޮށްދީފައިނުވާ ޙާލަތުގައި، އެ ބަހެއް ނުވަތަ ޢިބާރާތެއް، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހެއް ނުވަތަ ޢިބާރާތަކަށް ދީފައި އެވަނީ އެ ޤާނޫނުގައި ބަޔާންވެގެންވާ މާނަކުރުމެވެ.", "duration": 66.5019375} {"audio_filepath": "audio/file8.wav", "text": "އިސްލާމީ ޝަރީޢާއަށް ރިޢާޔަތްކުރެވޭނެ ޙާލަތްތަކާއި އިސްލާމްދީނުގެ އަސްލަށް އިސްކަންދޭންޖެހޭ ޙާލަތްތައް\n(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ޤާނޫނެއްގައި ޚާއްޞަ އުސޫލުތަކެއް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުންނާއި، ކަމެއް ސާބިތުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުންނާއި، ސާބިތުކުރުމުގެ ޒިންމާއާ ގުޅޭގޮތުން ޢަމަލުކުރާނީ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ހެއްކާގުޅޭ ވަކި އުސޫލެއް ކަނޑައެޅިފައި ނެތް ކަންކަމުގައި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ފަދައިން، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ކޯޓުތަކުން ރިޢާޔަތްކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.\n\n(ށ) ދިމާވާ ވަކި ކަމެއްގައި ޢަމަލުކުރުމަށް މި ޤާނޫނުގައި މައުޟޫޢީގޮތުން އުސޫލެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެކަމުގައި ޢަމަލުކުރުން ލާޒިމު ޚާއްޞަ އުސޫލެއް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެ ޙާލަތުގައި ޢަމަލުކުރާނީ، އިސްލާމްދީނުގެ އަސްލުގައި ކަނޑައަޅާފައިވާ ޚާއްޞަ އުސޫލަށެވެ.\n\n(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޚާއްޞަ އުސޫލަށް ޢަމަލުކުރި ނަމަވެސް، އެފަދަ ޚާއްޞަ އުސޫލެއްގެ ދާއިރާގެ ތެރޭގައި ސާފުކޮށް ހިމެނިފައިވާކަމަށް ފެންނަން ނެތް ކޮންމެ ކަމެއްގައި ޢަމަލުކުރާނީ، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލަށެވެ.", "duration": 93.29775} {"audio_filepath": "audio/file9.wav", "text": "މަފްހޫމުތަކުގެ އަސާސް\nމި ޤާނޫނުގެ 8 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ ލަފްޒުތަކާއި ޢިބާރާތްތަކަކީ، މި ޤާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ޤާނޫނުގެ މަޤްޞަދު އެންމެ ފުޅާމިނުގައި ޙާޞިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ޤާނޫނުގެ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.", "duration": 40.4259375} {"audio_filepath": "audio/file10.wav", "text": "ހެކި\n\"ހެކި\" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މި ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.", "duration": 36.6178125} {"audio_filepath": "audio/file11.wav", "text": "ހެކިބަސް\n\"ހެކިބަސް\" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ޝަރީޢަތުގެ މަޖިލީހުގައި، ހުވާކޮށްގެންހުރެ، އަނގަބަހުން ނުވަތަ އިޝާރާތުން ދޭ ބަޔާނަށެވެ.", "duration": 14.3963125} {"audio_filepath": "audio/file12.wav", "text": "ހެކިބަސް ދިނުން\n\"ހެކިބަސް ދިނުން\" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ޝަރީޢަތުގައި ސުވާލުކުރެވޭ މަރުޙަލާތަކުގައި އެ ސުވާލުތަކަށް ދޭ ޖަވާބަށެވެ. ނުވަތަ އެ ސުވާލުތަކަށް ޖަވާބުދެވޭގޮތަށް ހެކިބަސް ދޭ މީހާ ދޭ ބަޔާނަށެވެ.", "duration": 19.411875} {"audio_filepath": "audio/file13.wav", "text": "ހެކިބަސް ނެގުން\n\"ހެކިބަސް ނެގުން\" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ޝަރީޢަތުގައި ސުވާލުކުރެވޭ މަރުޙަލާތަކުގައި ސުވާލުކުރެވޭ ކުރުމަށެވެ. ނުވަތަ އެގޮތުން ކުރެވޭ ސުވާލަށެވެ.", "duration": 19.574375} {"audio_filepath": "audio/file14.wav", "text": "ހެކިބަސް ދޭ މީހާ\n\"ހެކިބަސް ދޭ މީހާ\" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުވެހުރި މީހާއާއި، ޝަރީޢަތުގައި ހެކިބަސް ދޭ މީހާއާއި، ޝަރީޢަތުގައި ހެކިބަސް ދީފައިވާ މީހާއާއި، ޝަރީޢަތުގައި ހެކިބަސް ދިނުމަށް ހާޒިރުވުމަށް އެންގޭ މީހާ ހިމެނޭގޮތުންނެވެ.", "duration": 22.384} {"audio_filepath": "audio/file15.wav", "text": "ޚަބީރުގެ ރައުޔު\n\"ޚަބީރުގެ ރައުޔު\" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއަކުން ނުވަތަ ވާޤިޢާތަކަކުން ނުވަތަ ވަކި ހެއްކަކުން ނުވަތަ ހެކީގައި އެކުލެވިގެންވާ ވަކި ކަމަކުން ރަމްޒުކޮށްދޭ ނުވަތަ ދޭހަކޮށްދޭ މާނަ ނުވަތަ ނަތީޖާ ނުވަތަ އެ އިން ދޭހަކޮށްދޭ ކަމެއް ކޯޓަށް ބަޔާންކޮށްދިނުމަށްޓަކައި ކަމުގެ އެކަށީގެންވާ ޢިލްމު ނުވަތަ ތަމްރީނު ނުވަތަ ތަޖުރިބާ ހުރި މީހަކު ކޯޓަށް ދޭ ރައުޔަށެވެ.", "duration": 32.6704375} {"audio_filepath": "audio/file16.wav", "text": "ނާދިރުވުން\n\"ނާދިރުވުން\" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވުން ގާތްވުމުގެ ނިސްބަތަށެވެ.\nނާދިރުވުމުގެ އުސޫލު\n\"ނާދިރުވުމުގެ އުސޫލު\" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކު ވަކި ކަމެއް ކުރީ ދެ ޙާލަތެއްގައި ކަމުގައިވެފައި، އެ ދެ ޙާލަތުގެ އެއްގޮތްކަމުން ނުވަތަ އެ ދެ ޙާލަތުގައި ހިމެނޭ ކަންކަމުގެ އެއްގޮތްކަމުން، އެ ދެ ޙާލަތަކީ އިއްތިފާޤަކުން ހިނގައިދިޔަ ދެ ޙާލަތް ކަމަށް ޤަބޫލުކުރުމަކީ ނާދިރު ކަމެއް ކަމަށް ބަލައިގަތުމުގެ އުސޫލަށެވެ.", "duration": 34.4351875} {"audio_filepath": "audio/file17.wav", "text": "ރައުޔު\n\"ރައުޔު\" ކަމަށް ބުނެފައި އެވަނީ، ފެންނަންހުރި ކަމެއް ނުވަތަ އެއްޗެއް ތިމާގެ ސިކުނޑިން ވަޒަންކުރުމުން ތިމާއަށް އެއިން ދޭހަވާ ދޭހަވުމަށެވެ. އަދި ކުރިމަތީގައިވާ ވާޤިޢާއެއް ނުވަތަ ވާޤިޢާތަކެއް ތިމާއަށް ފެނުމުން ނުވަތަ އަޑުއިވުމުން ނުވަތަ ތަޖުރިބާކުރެވުމުން، ތިމާއަށް އެއިން ލިބިގަނެވޭ ދޭހަވެސް ހިމެނޭގޮތުންނެވެ.", "duration": 27.120875} {"audio_filepath": "audio/file18.wav", "text": "ރީ-އެގްޒެމިންކުރުން\n\"ރީ-އެގްޒެމިންކުރުން\" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމަށެވެ. ނުވަތަ އެ މަރުޙަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.", "duration": 24.218375} {"audio_filepath": "audio/file19.wav", "text": "ކާފީ ހެކި\n\"ކާފީ ހެކި\" ކަމަށް ބުނެފައި އެވަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެއްކަށެވެ. ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ.\nކިތާބީ ހެކި\n\"ކިތާބީ ހެކި\" ކަމަށް ބުނެފައި އެވަނީ، ޚުޞޫމާތެއް އުފެދިފައިވާ ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ޝަރީޢަތަށް ހުށަހެޅޭ ލިޔުމަށެވެ.", "duration": 26.563625} {"audio_filepath": "audio/file20.wav", "text": "ކްރޮސް-އެގްޒެމިންކުރުން\n\"ކްރޮސް-އެގްޒެމިންކުރުން\" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާއާ، ހެކިބަސް ދޭ މީހެއްގެ ގޮތުގައި އޭނާ ހުށަހެޅި ފަރާތުން ސުވާލުކޮށް ނިމުމުން، އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން، އެ ހެކިބަސް ދޭ މީހާ ދިން ހެކިބަހުގެ މައްޗަށް އޭނާއާ ސުވާލުކުރުމަށެވެ. ނުވަތަ އެ މަރުޙަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.", "duration": 28.5373125} {"audio_filepath": "audio/file21.wav", "text": "އިޙްތިމާލު\n\"އިޙްތިމާލު\" ކަމަށް ބުނެފައި އެވަނީ، ކަމެއް ވުން ގާތްވުމުގެ ނިސްބަތަށެވެ.\nއިޙްތިމާލުގެ އުސޫލު\n\"އިޙްތިމާލުގެ އުސޫލު\" ކަމަށް ބުނެފައި އެވަނީ، ދަޢުވާލިބޭ ފަރާތުން، މާޒީވެ ގޮސްފައިވާ ވަކި ޙާލަތެއްގައި ވަކި ގޮތަކަށް ޢަމަލުކޮށްފައިވުމުން، ނުވަތަ ވަކި ވިސްނުމެއްގައި ވަކި ޢަމަލެއް ކޮށްފައިވުމުން، ހިނގަމުންދާ މައްސަލައާ ގުޅުންހުރި ޙާލަތުގައިވެސް އޭނާ ޢަމަލު ކުރީ މާޒީވެ ގޮސްފައިވާ ޙާލަތުގައި އޭނާ ޢަމަލުކުރި ފަދައިން، ނުވަތަ މާޒީވެ ގޮސްފައިވާ ޙާލަތުގައިވެސް އޭނާ ޢަމަލުކުރި ވިސްނުމުގައިކަން ބަޔާންކޮށްދިނުމުގެ އުސޫލަށެވެ.", "duration": 45.7665} {"audio_filepath": "audio/file22.wav", "text": "އިޢުތިރާފު\n\"އިޢުތިރާފު\" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ގެ ތުހުމަތުކުރެވޭ މީހާ އޭނާއާމެދު ތުހުމަތުކުރެވޭ ކުށުގެ އެންމެހައި އުންސުރުތަކަށް، އެއްވެސް މަޖުބޫރުކުރުވުމެއް ނެތި، ބުއްދި ސަލާމަތުންހުރެ، އަމިއްލަ އިޚްތިޔާރުގައި އެއްބަސްވާ އެއްބަސްވުމަށެވެ.\nއިވުނު ކަމަށް ބުނާ ހެކި\n\"އިވުނު ކަމަށް ބުނާ ހެކި\" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހަކު، އޭނާގެ ހިއްސަކުން އޭނާއަށް ކަނޑައެޅިގެން ފެނުނު ނުވަތަ އިވުނު ނުވަތަ އިހްސާސްކުރެވުނު އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި އެއްޗެއް ނުވަތަ ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް ނުވަތަ އިހްސާސްކުރެވުނު ކަމަށް އެމީހަކު ބުނާ ބުނުމެއް، ހެކިބަސް ދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ.", "duration": 49.9925} {"audio_filepath": "audio/file23.wav", "text": "އިތުބާރުގެ އުސޫލު\n\"އިތުބާރުގެ އުސޫލު\" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާގެ މައްޗަށް ނުވަތަ އޭނާ ދޭ ހެކިބަހުގެ މައްޗަށް ކޯޓަށް ބުރަވެ އިތުބާރުކުރެވިދާނެ ނިސްބަތް ދައްކައިދިނުމުގެ ގޮތުން ހެކި ހުށަހެޅުމުގެ އުސޫލަށް، ނުވަތަ އެ އިތުބާރު ނަފީކުރުމުގެ ގޮތުން ހުށަހަޅާ ހެކި ހުށަހެޅުމުގެ އުސޫލަށެވެ.", "duration": 25.193625} {"audio_filepath": "audio/file24.wav", "text": "އިޤްރާރު\n\"އިޤްރާރު\" ކަމަށް ބުނެފައި އެވަނީ، އިޢުތިރާފަކަށް ނުވާގޮތަށް، ޚަޞްމަކު ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކު ވަކި ވާޤިޢާއެއް ވުޖޫދުގައިވާ ކަމަށް، އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ ޢަމަލުން އެއްބަސްވާ އެއްބަސްވުމަށެވެ.", "duration": 20.6425} {"audio_filepath": "audio/file25.wav", "text": "އެގްޒެމިންކުރުން\n\"އެގްޒެމިންކުރުން\" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާއާ، ހެކިބަސް ދިނުމަށް އޭނާ ހުށަހެޅި ފަރާތުން ސުވާލުކުރުމަށެވެ. ނުވަތަ އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.", "duration": 20.45675} {"audio_filepath": "audio/file26.wav", "text": "ވާޤިޢާ\n\"ވާޤިޢާ\" ކަމަށް ބުނެފައި އެވަނީ، ޝަރީޢަތުގައި އޮތް މައްސަލައެއް ސާބިތުވުމާއި ނުވުން އެ މައްޗަށް ބިނާވެގެންވާ ޙަޤީޤަތްތަކާއި އަސްލުތަކާއި ނުކުތާތައް ހިމެނޭގޮތުން، އެ މައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކޮންމެ ޙަޤީޤަތަކަށް ނުވަތަ އަސްލަކަށް ނުވަތަ ކަމަކަށް އިޝާރާތްކޮށް، ''ފެކްޓް'' ގެ މާނައިގައެވެ.", "duration": 27.492375} {"audio_filepath": "audio/file27.wav", "text": "މާއްދީ ހެކި\n\"މާއްދީ ހެކި\" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ޝަރީޢަތުން ބަލައި ވަޒަންކުރުމަށް ހުށަހެޅޭ މާއްދީ ކޮންމެ އެއްޗަކަށެވެ.", "duration": 13.8623125} {"audio_filepath": "audio/file28.wav", "text": "ފުރަތަމަ ދަރަޖައިގެ ހެކި\n\"ފުރަތަމަ ދަރަޖައިގެ ހެކި\" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކަށެވެ.", "duration": 16.4165} {"audio_filepath": "audio/file29.wav", "text": "ދެވަނަ ދަރަޖައިގެ ހެކި\n\"ދެވަނަ ދަރަޖައިގެ ހެކި\" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކަށެވެ.", "duration": 20.758625} {"audio_filepath": "audio/file30.wav", "text": "ލީޑިންގ ސުވާލު\n\"ލީޑިންގ ސުވާލު\" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ނެގުމުގެ މަރުޙަލާގައި ހެކިބަސް ދޭ މީހާއާ ސުވާލުކުރެވޭ ހިނދު، ކުރެވޭ ސުވާލަށް ހޯދުމަށް އެދޭ ޖަވާބުވެސް އެ ސުވާލުން ދޭހަވެގެންދާ ގޮތަށް ކުރާ ނުވަތަ ތަރުތީބުކުރެވޭ ސުވާލަށެވެ.", "duration": 25.8205625} {"audio_filepath": "audio/file31.wav", "text": "ގުޅުންހުރުން\n\"ގުޅުން ހުރުން\" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤިޢާއަކާއި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމަށެވެ.", "duration": 19.66725} {"audio_filepath": "audio/file32.wav", "text": "ސާބިތުކުރުމުގެ މިންގަނޑު\n\"ސާބިތުކުރުމުގެ މިންގަނޑު\" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލައެއްގައި ދަޢުވާއެއް ސާބިތުވާނެ މިންގަނޑު ކަމުގައި، ނުވަތަ ޖިނާއީ ކުށެއް ނުވަތަ އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް ސާބިތުވާނެ މިންގަނޑު ކަމުގައި މި ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށެވެ.", "duration": 24.89175} {"audio_filepath": "audio/file33.wav", "text": "ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް\n\"ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް\" ކަމަށް ބުނެފައި އެވަނީ، ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކުރުމަށްޓަކައި ގުޅުންހުރި ކަމަށް ފެންނަ ހެކި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންތެރިވާ ނުވަތަ އެހީތެރިވާ ނިސްބަތަށެވެ.", "duration": 20.735375} {"audio_filepath": "audio/file34.wav", "text": "ޝަފަހީ ހެކި\n\"ޝަފަހީ ހެކި\" ކަމަށް ބުނެފައި އެވަނީ، ޚުޞޫމާތެއް އުފެދިފައިވާ ވަކި ވާޤިޢާއަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެހުރެ، އެ މަޖިލީހުގައި އޭނާ އަނގަބަހުން ދޭ ހެކިބަހަށެވެ.", "duration": 19.50475} {"audio_filepath": "audio/file35.wav", "text": "ވަސީލަތަށް ބުރަވެ ހެކި ބައިކުރެވޭ ގޮތް\nކޯޓަށް ހެކި ހުށަހެޅޭ ވަސީލަތްތަކަށް ބުރަވެ، މި ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކެވެ.\n\n(ހ) ޝަފަހީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެހުރެ، އޭނާ އަނގަބަހުން އެ މަޖިލީހުގައި ދޭ ބަޔާނެވެ.\n\n(ށ) ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ ، މައްސަލައިގައި ހިމެނޭ ފަރާތަކުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާ، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެވެ.", "duration": 42.2835} {"audio_filepath": "audio/file36.wav", "text": "(ނ) މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ބާވަތުގެ އެއްޗެއްސެވެ.\n\n(1)\n\nކިތާބީ ހެއްކަށްވެސް، ނުވަތަ ޝަފަހީ ހެއްކަށްވެސް ނުވާގޮތުން، ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ހުށަހަޅާ މާއްދީ އެއްޗެހި؛\n\n(2)\n\nފޮރެންސިކް ހެކި؛\n\n(3)\n\nވަކި މެޝިނަކުން ވަކިގޮތަކަށް ނެރެދޭ ނަތީޖާ ނުވަތަ ލޮގް؛\n\n(4)\n\nއޯޑިއޯ، ވީޑިއޯ، ފޮޓޯއާއި އެފަދަ އެއްޗެހި؛\n\n(5)\n\nސައިންޓިފިކް ދަލީލުތަކާއި ތަޙްލީލުތަކުގެ ނަތީޖާ؛", "duration": 33.320625} {"audio_filepath": "audio/file37.wav", "text": "(6)\n\nކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮންސްޓްރޭޝަންތަކާއި އެކްސްޕެރިމަންޓްތަކާއި ގްރާފްތަކާއި ޗާޓުތައް؛ އަދި\n\n(7)\n\nމެޝިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެހި.", "duration": 19.50475} {"audio_filepath": "audio/file38.wav", "text": "ދަރަޖައަށް ބުރަވެ، ހެކި ބައިކުރެވޭ ގޮތް\nކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކީގެ ދަރަޖައަށް ބުރަވެ، ކޯޓުން ވަޒަންކުރާނެ ހެކި ބެހިގެންވަނީ، އަންނަނިވި ދެ ބަޔަށެވެ.\n\n(ހ) ފުރަތަމަ ދަރަޖައިގެ ހެކި؛\n\n(ށ) ދެވަނަ ދަރަޖައިގެ ހެކި.", "duration": 24.5434375} {"audio_filepath": "audio/file39.wav", "text": "ފުރަތަމަ ދަރަޖައިގެ ހެކި\n(ހ) ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކެވެ.\n\n(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުރަތަމަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، އަންނަނިވި ބާވަތުގެ ހެއްކެވެ.\n\n(1)\n\nވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަމަށް މަންޒަރު ދުށް ނުވަތަ އަޑުއެހި މީހާ ދޭ ހެކިބަސް؛\n\n(2)\n\nމައްސަލަ ރައްދުވާ ފަރާތުން ޝަރީޢަތުގައި ވާ އިޢުތިރާފު؛\n\n(3)\n\nފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި.", "duration": 42.0745} {"audio_filepath": "audio/file40.wav", "text": "ދެވަނަ ދަރަޖައިގެ ހެކި\n(ހ) ދެވަނަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކެވެ.\n\n(ށ) ދެވަނަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ދަރަޖައިގެ ހެއްކަށް ނުވާގޮތަށް ހުށަހެޅޭ، އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ބަލައިގަނެވޭ ކޮންމެ ހެއްކެކެވެ.", "duration": 33.22775} {"audio_filepath": "audio/file41.wav", "text": "ގުޅުމަށް ބުރަވެ، ހެކި ބައިކުރެވޭ ގޮތް\n(ހ) ކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކި ވަޒަންކުރުމުގެ އުސޫލަށް ބިނާކޮށް، ކޯޓުން ވަޒަންކުރާ ހެކި ބެހިގެންވަނީ އަންނަނިވި ދެ ބަޔަށެވެ.\n\n(1)\n\nމާއްދީގޮތުން ގުޅުން ހުރުން؛\n\n(2)\n\nޤާނޫނީގޮތުން ގުޅުން ހުރުން.\n\n(ށ) މާއްދީގޮތުން ގުޅުންހުރި ހެކި ކަމުގައި ބެލެވޭނީ، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްދިނުމަށް ބާރު ލިއްބައިދޭ ހެއްކާއި، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭ ހެއްކެވެ.", "duration": 42.67825} {"audio_filepath": "audio/file42.wav", "text": "(ނ)ޤާނޫނީގޮތުން ގުޅުންހުރި ހެކި ކަމުގައި ބެލެވޭނީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، އެ ހެއްކެއް ބަލައިގަތުމަށް ޤާނޫނުއަސާސީން ނުވަތަ މި ޤާނޫނުން ނުވަތަ އެނޫންވެސް ޤާނޫނަކުން މަނާނުކުރާ ހެއްކެވެ.\n\n(1)\n\nޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކަށްވުން؛\n\n(2)\n\nމީހަކަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ބަޔާނަކަށްވުން؛\n\n(3)\n\nމި ޤާނޫނުގައި ހިމެނޭ ވަކި އުސޫލެއް މި ޤާނޫނުގައި އެހެން އޮތުމުގެ ސަބަބުން ވަޒަންކުރެވެން ނެތް ހެއްކަށްވުން.", "duration": 41.6798125} {"audio_filepath": "audio/file43.wav", "text": "ޝަފަހީ ހެކި ހުށަހެޅުން\n(ހ) ލިޔުމަކުން ސާބިތުވާން އޮތް ވާޤިޢާއެއް ފިޔަވައި، އެހެން ވާޤިޢާއެއް ސާބިތުކުރުމަށް ޝަފަހީ ހެކި ހުށަހެޅިދާނެއެވެ.\n\n(ށ) ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ޝަފަހީ ހެކި ވާންވާނީ، ހެކިބަސް ދެވޭ ކަމެއް، އޭނާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ ގޮތް ބަޔާންކުރުމުގެ ގޮތުން ޞަރީޙަ ޢިބާރާތުން، ތެދުބަހުން ދޭ ހެކިބަހަށެވެ.\n\n(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ ފަރާތަށް އަމިއްލައަށް ކަމެއް ތަޖުރިބާކުރެވިފައިވުން ކަމަށް ބެލެވޭނީ، ވަކި އެއްޗެއް ނުވަތަ ކަމެއް އޭނާއަށް ކަނޑައެޅިގެން ފެނުމަށް ނުވަތަ އިވުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ ހިއްސަކުން ކަނޑައެޅިގެން އިހްސާސްކުރެވިފައިވުމަށެވެ.", "duration": 49.4120625} {"audio_filepath": "audio/file44.wav", "text": "(ރ) މި މާއްދާގެ (ށ) އަދި (ނ) ގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ މީހާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެ ގޮތުން ދޭ ހެކިބަހަކީ، އަންނަނިވި ފަދައިން ދޭ ހެކިބަހެވެ.\n\n(1)\n\nހެކިބަހަކީ، ފެނުނު ކަމެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހެއްގެ ލޮލަށް ފެނުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.\n\n(2)\n\nހެކިބަހަކީ، އަޑުއިވުނު ކަމެއް ނުވަތަ އެއްޗެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް ސީދާ އަޑުއިވުނު ކަމެއް ނުވަތަ އެއްޗެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.", "duration": 42.6208125} {"audio_filepath": "audio/file45.wav", "text": "(3)\n\nމި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ޙާލަތްތަކުގެ އިތުރުން، ހެކިބަސް ދޭ ކަމަކީ، ހިއްސަކުން ނުވަތަ އެނޫންވެސް ގޮތަކުން އިހްސާސްކުރެވޭ ޒާތުގެ ކަމެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް އިހްސާސްކުރެވުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.\n\n(ބ) ހެކިބަސް ދޭ ފަރާތުން ދޭ ހެކިބަހަކީ، ވަކި ކަމަކާ ގުޅޭގޮތުން އޭނާ ހާމަކުރާ ރައުޔު ކަމަށްވާނަމަ، ނުވަތަ އޭނާ ދެކޭގޮތް ބިނާވެފައިވާ ސަބަބުތައް ކަމަށްވާނަމަ، އެ ހެކިބަހެއް ވާންވާނީ، އެކަމެއްގެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އޭނާ ދެކޭގޮތް ނުވަތަ އެ ސަބަބުތައް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.", "duration": 48.552875} {"audio_filepath": "audio/file46.wav", "text": "(ޅ) ވަކި ކަމަކާ ގުޅޭގޮތުން ޚަބީރެއްގެ ރައުޔާއި، އެ ރައުޔު ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކޮށް، ޢާންމުކޮށް ލިބޭ ގޮތަށް ލިޔެފައިވާ ލިޔުން ސާބިތުކޮށްދިނުމަށްޓަކައި، އަންނަނިވި ޙާލަތްތަކުގައި އެ ލިޔުމެއް ކޯޓަށް ހުށަހެޅިދާނެއެވެ.\n\n(1)\n\nއެ ލިޔުން ލިޔުނު މީހާ މަރުވެފައިވާނަމަ؛\n\n(2)\n\nއެ ލިޔުން ލިޔުނު މީހާ ހޯދައި ނުފެނިފައިވާނަމަ؛\n\n(3)\n\nއެ ލިޔުން ލިޔުނު މީހާ ހެކިބަސް ދިނުމަށް ނުކުޅެދިފައިވާނަމަ؛\n\n(4)\n\nއެ ލިޔުން ލިޔުނު މީހާ ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަވެގެން ކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ؛\n\n(5)\n\nއެ ލިޔުން ލިޔުނު މީހާ ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ.", "duration": 53.4523125} {"audio_filepath": "audio/file47.wav", "text": "ޝަފަހީ ހެއްކާ ގުޅޭގޮތުން މާއްދީ ހެއްކެއް ހުށަހެޅުން\nމާއްދީ އެއްވެސް އެއްޗެއް ވުޖޫދުގައިވާ ކަމަށް ނުވަތަ އެ އެއްޗެއް އޮތް ޙާލަތާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދޭ ޙާލަތްތަކުގައި، އެ ހެކިބަހުގައި ބަޔާންކުރާ މާއްދީ އެއްވެސް އެއްޗެއް ކޯޓުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އެއްޗެއް ކޯޓަށް ހުށަހެޅުމަށް އެންގިދާނެއެވެ.", "duration": 27.120875} {"audio_filepath": "audio/file48.wav", "text": "ޝަފަހީ ހެކި ހުށަހެޅުމުގެ މަރުޙަލާގައި ކިތާބީ ހެކި ހުށަހެޅުން\nޝަފަހީ ހެކި ހުށަހެޅުމުގެ މަރުޙަލާގައިވެސް، މައްސަލައިގައި ސާބިތުކުރަން ބޭނުންވާ ވާޤިޢާއަކާ ގުޅުންހުރި ލިޔުން، އެ މައްސަލަ ސާބިތުކުރަން ބޭނުންވާ ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.", "duration": 22.4304375} {"audio_filepath": "audio/file49.wav", "text": "ހެކިބަސް ދޭ ފަރާތަށް ސީދާ ކަމެއް އެނގިފައި އޮވެގެން މެނުވީ އެކަމުގައި ހެކިބަސް ނުދިނުން\nވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށްޓަކައި ހެކިބަސް ދޭ ފަރާތަކަށް ހެކިބަސް ދެވޭނީ، އޭނާ އަމިއްލައަށް އެކަމެއް ތަޖުރިބާކުރެވިފައިވާ ކަމަށް ބެލުމަށް ކާފީ ހެކި ހުށަހަޅާފައިވާނަމައެވެ.", "duration": 22.56975} {"audio_filepath": "audio/file50.wav", "text": "ހެކިބަސް ދިނުމުގެ ޤާބިލުކަން ހުރި ފަރާތްތައް\n(ހ) މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދިނުމުގެ ޤާބިލުކަން ހުރި ކޮންމެ ފަރާތަކަށް، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސް ދެވިދާނެއެވެ.\n\n(ށ) އަންނަނިވި ޝަރުޠުތައް ފުރިހަމަވާ މީހަކީ، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސް ދިނުމަށް ޤާބިލު މީހަކު ކަމުގައި ބެލެވޭނެއެވެ.\n\n(1)\n\nމި ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކު ކަމުގައިވުން؛", "duration": 33.23225} {"audio_filepath": "audio/file51.wav", "text": "އަދި\n\n(2)\n\nހެކިބަސް ދޭންވާނީ ތެދު ޙަޤީޤަތަށްކަން ދެނެގަތުމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން؛ އަދި\n\n(3)\n\nކުރެވޭ ސުވާލު ވިސްނައިގަތުމަށް ނުވަތަ ދެނެގަތުމަށް ނުވަތަ އެއަށް ދޭނެ ޖަވާބެއް ބަޔާންކޮށްދިނުމުގެ ކުޅެދުންތެރިކަން ހުރި މީހަކު ކަމުގައިވުން.", "duration": 23.9861875} {"audio_filepath": "audio/file52.wav", "text": "ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް\n(ހ) ހެކިބަސް ދޭ މީހާގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.\n\n(1)\n\nޢުމުރުން 15 (ފަނަރަ) އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން؛\n\n(2)\n\nބުއްދި ސަލާމަތުންހުރި މީހަކު ކަމުގައިވުން؛\n\n(3)\n\nހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ މީހަކު ކަމުގައިވުން؛\n\n(4)\n\nމި ޤާނޫނުގައި ބަޔާންކުރާ ޙާލަތްތަކުގައި، މި ޤާނޫނުގައިވާ ގޮތުގެމަތިން ހެކިބަސް ދިނުމަށް ކޯޓުން ލާޒިމުކުރާ ކުރުން ފިޔަވައި، އިތުރު އެއްވެސް އެހެން މަޖުބޫރުކުރުވުމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ހެކިބަސް ދޭ މީހަކު ކަމުގައިވުން.\n\n(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތަކުގެ އިތުރުން، ހެކިބަސް ދޭ މީހާއަކީ މުސްލިމަކު ކަމުގައި ވާންޖެހޭނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާ ކަންކަމުގައި، ހެކިބަސް ދޭ މީހާއަކީ މުސްލިމަކު ކަމުގައިވާންޖެހޭނެއެވެ.", "duration": 49.6906875} {"audio_filepath": "audio/file53.wav", "text": "ހެކިބަސް ދިނުމުގެ ޢަދުލުވެ ރިކަން ހުރުން\n(ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި، އެނޫން ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ބަލަންވާނެއެވެ.\n\n(ށ) ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ބެލޭނެއެވެ.", "duration": 32.06675} {"audio_filepath": "audio/file54.wav", "text": "(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތަކީ، އެފަރާތެއްގެ ތެދުވެރިކަމާއި އިންޞާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއް ކަމުގައި ބެލޭނެއެވެ.\n\n(1)\n\nޤަޛްފުގެ ކުށް؛\n\n(2)\n\nދޮގުހެކި ދިނުމުގެ ކުށް؛\n\n(3)\n\nވައްކަން، ޓެކުން، ޚިޔާނާތް އަދި ފޭރުމުގެ ކުށްތައް؛\n\n(4)\n\nއޮޅުވާލުމާއި މަކަރާއި ޙީލަތް ހެދުމުގެ ކުށްތައް؛\n\n(5)\n\nކޮރަޕްޝަންގެ ކުށްތައް؛\n\n(6)\n\nއެނޫންވެސް އޮޅުވާލުމުގެ ޢަމަލުތަކުގެ މައްޗަށް އެކުލެވޭ ކުށްތައް.", "duration": 38.8701875} {"audio_filepath": "audio/file55.wav", "text": "ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަނުވާ ފަރާތުގެ ހެކިބަސް\n(ހ) މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ޙާލަތެއްގައި، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަނުވާ ފަރާތެއްގެ ހެކިބަސް ބަލައިގަތުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.\n\n(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު ، މި ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ސާބިތުވެފައިވާ ފަރާތަކާ ގުޅޭގޮތަކުން ނުހިނގާނެއެވެ.", "duration": 45.78975} {"audio_filepath": "audio/file56.wav", "text": "(ނ) މި މާއްދާގެ ދަށުން ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަނުވާ ފަރާތެއްގެ ހެކިބަސް ކޯޓުން ބަލައިގަންނަންވާނީ، މި ޤާނޫނުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ އެހެން ޝަރުޠުތައް އެފަރާތުގެ ކިބައިގައި ފުރިހަމަވާނަމައެވެ.\n\n(ރ) މި މާއްދާގެ ދަށުން ނަގާ ހެކިބަހަކީ، މި ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫނެވެ.", "duration": 35.50325} {"audio_filepath": "audio/file57.wav", "text": "ކުޑަކުދިންގެ ހެކިބަސް\n(ހ) މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ޙާލަތެއްގައި، ޢުމުރުން 15 (ފަނަރަ) އަހަރު ފުރިފައިނުވާ ކުޑަކުއްޖެއްގެ ހެކިބަސް ބަލައިގަތުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.\n\n(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ކޯޓުން ނަގަންވާނީ، މި ޤާނޫނުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ އެހެން ޝަރުޠުތައް އެ ކުއްޖާގެ ކިބައިގައި ފުރިހަމަވާނަމައެވެ.", "duration": 42.9336875} {"audio_filepath": "audio/file58.wav", "text": "(ނ) މި މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ނެގުމުގައި، މި ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ހެކިބަސް ދޭ ފަރާތުން ކުރަންޖެހޭ ހުވާކުރުން ކުޑަކުއްޖާގެ މައްޗަށް ލާޒިމުކޮށްގެން ނުވާނެއެވެ.\n\n(ރ) މި މާއްދާގެ ދަށުން ނަގާ ހެކިބަހަކީ، މި ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫނެވެ.", "duration": 29.141} {"audio_filepath": "audio/file59.wav", "text": "(ބ) މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާތަކުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާ ޙާލަތުގައި ނެގޭ ކުޑަކުދިންގެ ހެކިބަސް ކޯޓަށް ބަލައިގަނެވޭނެ ކަމުގައި ވަކި ޤާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ޢުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ ހެކިބަސް ބަލައިގަތުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ.", "duration": 34.667375} {"audio_filepath": "audio/file60.wav", "text": "ހެކިބަސް ނަގައިގެންނުވާނެ ޙާލަތްތައް\nމި ޤާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ޚަޞްމަކާ ފުށުއަރާ މަޞްލަޙަތެއް އޮތް ނުވަތަ މައްސަލައިގެ ޚަޞްމަކާ ޢަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާނަމަ، އެ މައްސަލައެއްގައި އެމީހެއްގެ ހެކިބަސް ނަގައިގެންނުވާނެއެވެ.", "duration": 28.096125} {"audio_filepath": "audio/file61.wav", "text": "ހެކިބަސް ދިނުން ލާޒިމުކުރުން\nމި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދިނުމުގެ ޤާބިލުކަން ހުރި ކޮންމެ މީހަކީ، ހެކިބަސް ދިނުމަށް ކޯޓަށް ލާޒިމުކުރެވިދާނެ މީހެކެވެ.", "duration": 16.6486875} {"audio_filepath": "audio/file62.wav", "text": "ހެކިބަސް ދިނުން ލާޒިމުނުކުރެވޭނެ މީހުން\n(ހ) މި ޤާނޫނުގެ 52 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ހެކިބަސް ދޭ މީހަކާ ގުޅޭގޮތުން އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާ ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ހެކިބަސް ދިނުމަށް އެމީހަކަށް ލާޒިމުކޮށްގެންނުވާނެއެވެ.\n\n(1)\n\nވަކި ވާޤިޢާއަކާ ގުޅޭގޮތުން އެހާތަނަށް ކާފީ ހެކި ލިބިފައިވުން؛\n\n(2)\n\nވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން މީހުން ތިބުން؛\n\n(3)\n\nޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފަނޑިޔާރުކަން ކުރާ މީހަކު އެ މައްސަލައާ ގުޅޭގޮތުން ހެކިބަސް ދޭންޖެހުން؛\n\n(4)\n\nމި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތެއް، އެ މައްސަލައިގައި ދަޢުވާކުރާ ފަރާތުގެ ހެއްކަކަށް ވާންޖެހުން؛", "duration": 52.70925} {"audio_filepath": "audio/file63.wav", "text": "(5)\n\nޖިނާއީ ދަޢުވާއެއް ކުރަނީ އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް، އެއް ދަޢުވާއެއްގެ ގޮތުގައި، އެ އެންމެންގެ މައްޗަށް އެކުގައި ކަމުގައިވާނަމަ، އެމީހުންގެ ތެރެއިން މީހަކަށް އެމީހުންގެ ތެރެއިން އެހެން މީހެއްގެ މައްޗަށް ހެކިބަސް ދޭންޖެހުން؛\n\n(6)\n\nޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި، ހެކިބަސް ދިނުމަށް ލާޒިމުކުރުމުން ޤާނޫނަކުން އިމްތިޔާޒު ލިބިގެންވާ ފަރާތްތައް.", "duration": 34.2958125} {"audio_filepath": "audio/file64.wav", "text": "(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އެހެން އޮތްކަމުގައިވީނަމަވެސް، ޖިނާއީ ދަޢުވާއެއް އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ކުރަނީ ވަކިވަކި ދަޢުވާތަކެއްގެ ގޮތުގައި ކަމުގައިވާނަމަ، އެމީހުންގެ ތެރެއިން މީހަކަށް، އެމީހުންގެ ތެރެއިން އެހެން މީހެއްގެ މައްޗަށް، އެއްކޮޅަށް ނުވަތަ ދެކޮޅަށްވެސް، ހެކިބަސް ދެވިދާނެއެވެ.\n\n(ނ) ޖިނާއީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތް، ދަޢުވާކުރާ ފަރާތުން ހެކިބަސް ދޭ މީހެއްގެ ގޮތުގައި ހާޒިރުކުރަން މި ޤާނޫނު ހުއްދަކުރާ ޙާލަތްތަކުގައި، ދަޢުވާކުރާ ފަރާތުގެ ހެއްކެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތަށް ހެކިބަސް ދެވިދާނެއެވެ.", "duration": 40.8903125} {"audio_filepath": "audio/file65.wav", "text": "ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމަށް ޢުޛުރުވެރިވުން\n(ހ) ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭ މީހާއަކީ، ކުށުގެ ދަޢުވާލިބޭ މީހާއާ އަންނަނިވި ބާވަތުގެ ގުޅުމެއް އޮތް މީހަކު ކަމުގައިވާނަމަ، އޭނާގެ މައްޗަށް ދަޢުވާކުރެވޭ ކުށާ ގުޅުންހުރި ހެކިބަސް ދިނުމަށް، ނުވަތަ ކުށުގެ ދަޢުވާލިބޭ މީހާއާއި އޭނާއާ ދެމެދު ހިނގާފައިވާ މުއާޞަލާތެއްގެ މަޢުލޫމާތެއް ދިނުމަށް، އެ ދަޢުވާއާ ގުޅިގެން ހެކިބަސް ދޭ މީހެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސް ދިނުމަށް އޭނާއަށް ޢުޛުރުވެރިވެވިދާނެއެވެ.\n\n(1)\n\nއަނބިމީހާ ނުވަތަ ފިރިމީހާ؛\n\n(2)\n\nމައިންބަފައިން ނުވަތަ ބެލެނިވެރިޔާ؛\n\n(3)\n\nދަރިއެއް.", "duration": 45.58075} {"audio_filepath": "audio/file66.wav", "text": "(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް ހެކިބަސް ދިނުމަށް އަންގާ ވަގުތު، އޭނާއަށް އެ ޙައްޤު އޮތްކަން އެނގިފައިނުވިނަމަވެސް، އޭނާއަށް އެ ޙައްޤު އޮތްކަން އެނގުމާއެކު، ހެކިބަސް ދިނުމުން އޭނާއަށް ޢުޛުރުވެރިވެވިދާނެއެވެ.\n\n(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އަނބިމީހާ ނުވަތަ ފިރިމީހާ ކަމަށް ބުނެފައި އެވަނީ، ކުށުގެ ޢަމަލު ހިނގިއިރު އޭނާ އިނދެގެން އުޅުނު އެހެންނަމަވެސް ފަހުން ވަރިކޮށްފައިވާ ނުވަތަ ވަރިވެފައިވާ ފަރާތްވެސް ހިމެނޭގޮތުންނެވެ.", "duration": 38.2896875} {"audio_filepath": "audio/file67.wav", "text": "ހެކިބަސް ދިނުމަށް ޢުޛުރުވެރިވުމުން ކޯޓުން ގޮތެއް ކަނޑައެޅުން\n(ހ) މި ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މީހަކު ހެކިބަސް ދިނުމަށް ޢުޛުރުވެރިވެއްޖެ ހިނދެއްގައި، އޭނާއަށް ހެކިބަސް ދިނުން ލާޒިމުކުރަން ޖެހޭކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައަޅަންވާނެއެވެ.\n\n(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓުން ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.\n\n(1)\n\nއޭނާ ހެކިބަސް ދީފިނަމަ، އޭނާއަށް އެއްވެސް ގެއްލުމެއް ލިބިދާނެކަން؛", "duration": 37.5234375} {"audio_filepath": "audio/file68.wav", "text": "(2)\n\nއޭނާ ހެކިބަސް ދީފިނަމަ، އޭނާއާއި ކުށުގެ ތުހުމަތުކުރެވޭ މީހާއާ ދެމެދު އޮތް ގުޅުމަށް ބޮޑު ހީނަރުކަމެއް އަތުވެދާނެކަން؛\n\n(3)\n\nއޭނާ ހެކިބަސް ދީފިނަމަ އޭނާއަށް ދިމާވެދާނެ ނުރައްކަލާއި އޭނާ ހެކިބަސްނުދީފިނަމަ ދިމާވެދާނެ ގެއްލުމާ އަޅައިބަލާއިރު، އިސްކަން ދޭންޖެހޭނީ ކޮން ކަމަކަށްކަން؛\n\n(4)\n\nކުށުގެ ދަޢުވާކުރެވޭ މީހާގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ކުޑަބޮޑުމިން؛\n\n(5)\n\nހެކިބަސް ދޭންޖެހޭ މީހާ ދޭންޖެހޭ ހެކިބަހުގެ މުހިންމުކަމާއި، އެ ހެކިބަސް، ކުށް ސާބިތުކުރުމަށް އެހީތެރިވެދޭނެ ނިސްބަތް؛", "duration": 47.206125} {"audio_filepath": "audio/file69.wav", "text": "(6)\n\nއޭނާ ހެކިބަސް ދޭ ވާޤިޢާއާ ގުޅޭގޮތުން ހެކިބަސް ދޭން އެއްބަސްވާ އެހެން މީހަކު ދަޢުވާކުރާ ފަރާތަށް ލިބިފައިވާކަން ނުވަތަ ނޫންކަން؛\n\n(7)\n\nކުށުގެ ދަޢުވާލިބޭ މީހާއާ ހެކިބަސް ދޭ މީހާއާހުރި ގުޅުމުގެ ބާވަތް؛\n\n(8)\n\nހެކިބަސް ދޭ މީހާ ދޭ ހެކިބަހުގައިވާ މަޢުލޫމާތަކީ، އޭނާއާއި ކުށުގެ ދަޢުވާލިބޭ މީހާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އިތުބާރުކޮށް ސިއްރެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްޗެއް ނުވަތަ ކަމަކަށްވެފައި، އެއީ ހާމަކުރަންޖެހޭ މަޢުލޫމާތެއްކަން ނުވަތަ ނޫންކަން.", "duration": 48.761875} {"audio_filepath": "audio/file70.wav", "text": "ހެކިބަސް ދިނުމަށް ޢުޛުރުވެރިނުވެވޭނެ ކުށްތައް\nމި ޤާނޫނުގެ 54 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއްގައި ނުވަތަ ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ކުށެއްގެ ދަޢުވާއެއްގައި ނުވަތަ ޖިންސީ ގޯނާގެ ކުށެއްގެ ދަޢުވާއެއްގައި ނުވަތަ ގެވެށި އަނިޔާގެ ކުށެއްގެ ދަޢުވާއެއްގައި ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ޙާލަތެއްގައި، އެ މާއްދާގައި ބަޔާންކުރާ ފަރާތަކާ ގުޅޭގޮތުން މި ޤާނޫނުގެ 53 ވަނަ މާއްދާގަ އި ބަޔާންވެގެންވާ އުސޫލު ނުހިނގާނަމަ، އެފަރާތެއް އެފަދަ ކުށެއްގެ ދަޢުވާއެއްގައި ހެކިބަސް ދިނުމަށް ލާޒިމުކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.", "duration": 52.987875} {"audio_filepath": "audio/file71.wav", "text": "ލިޔުމެއްގައިވާ އެއްޗެއް ސާބިތުކުރުން\nލިޔުމެއްގައިވާ އެއްވެސް އެއްޗެއް އަންނަނިވި ދެ ގޮތުގެ ތެރެއިން ގޮތަކަށް، ހެކި ހުށަހަޅައިގެން ސާބިތުކުރެވިދާނެއެވެ.\n\n(ހ) ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި؛\n\n(ށ) ދެވަނަ ދަރަޖައިގެ ކިތާބީ ހެކި.", "duration": 21.339125} {"audio_filepath": "audio/file72.wav", "text": "ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި\n(ހ) މި ޤާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެއްކަކީ ކިތާބީ ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާ ލިޔުމެއްގެ އަސްލެވެ.\n\n(ށ) މި ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ޙާލަތްތަކުގައި މެނުވީ، ލިޔުމެއްގައިވާ އެއްވެސް އެއްޗެއް ސާބިތުކުރެވޭނީ، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި ހުށަހަޅައިގެންނެވެ.", "duration": 32.7633125} {"audio_filepath": "audio/file73.wav", "text": "ދެވަނަ ދަރަޖައިގެ ކިތާބީ ހެކި\n(ހ) ދެވަނަ ދަރަޖައިގެ ކިތާބީ ހެއްކަކީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތްތަކުގައި މެނުވީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.\n\n(ށ) ދެވަނަ ދަރަޖައިގެ ކިތާބީ ހެކީގެ ތެރޭގައި، އަންނަނިވި އެއްޗެހި ހިމެނެއެވެ.\n\n(1)\n\nއަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ؛\n\n(2)\n\nލިޔުމުގެ އަސްލު ނުގެއްލޭނެކަން ޔަޤީންވާފަދަ މެޝިނެއް ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން އެ ލިޔުމެއްގެ އަސްލުން ނަކަލުކޮށްފައިވާ އަދި އޭގެ ތެދުކަން ޔަޤީންކޮށްފައިވާ ކޮޕީ.", "duration": 42.4925} {"audio_filepath": "audio/file74.wav", "text": "(ނ) އަންނަނިވި ޙާލަތްތަކުގައި، ލިޔުމެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމަށްޓަކައި، ނުވަތަ އެ ލިޔުމެއް އޮތް ޙާލަތު ސާބިތުކޮށްދިނުމަށްޓަކައި، ނުވަތަ އެ ލިޔުމެއްގައިވާ އެއްޗެއް ސާބިތުކޮށްދިނުމަށްޓަކައި ދެވަނަ ދަރަޖައިގެ ކިތާބީ ހެކި ހުށަހެޅިދާނެއެވެ.\n\n(1)\n\nލިޔުމެއްގެ އަސްލު އޮތީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ކިބައިގައި ނުވަތަ އޭނާގެ ބާރުގެ ދަށުގައި ކަމަށްވެފައި، އެ ލިޔުން ހުށަހެޅުމަށް ކޯޓުން އެންގުމުން، އެ ލިޔުން ކޯޓަށް ހުށަހަޅާފައިނުވުން:", "duration": 40.96} {"audio_filepath": "audio/file75.wav", "text": "(i)\n\nއެ ލިޔުން އެމީހަކާ ދެކޮޅަށް ސާބިތުކުރުމަށް ހުށަހެޅިފައިވާ މީހާ؛\n\n(ii)\n\nކޯޓުގެ އިޚްތިޞާޞް ނުހިނގާ ތަނެއްގައި ހުރި މީހާ؛\n\n(iii)\n\nއެ ލިޔުން ހުށަހެޅުމަށް ޤާނޫނީގޮތުން ލާޒިމުވާ މީހާ.\n\n(2)\n\nއެ ލިޔުން އެމީހަކާ ދެކޮޅަށް ސާބިތުކުރަން ހުށަހެޅިފައިވާ މީހާ ނުވަތަ އޭނާ ތަމްސީލުކުރާ މީހަކު އެ ލިޔުމުގެ އަސްލު ވުޖޫދުގައިވާ ކަމާމެދު ނުވަތަ ނުވާކަމާމެދު، ނުވަތަ ލިޔުން އޮތް ޙާލަތު ނުވަތަ ލިޔުމުގައިވާ އެއްޗަކާ ގުޅޭގޮތުން ލިޔުމުން އިޤްރާރެއްވެފައި އޮތުން؛", "duration": 41.9351875} {"audio_filepath": "audio/file76.wav", "text": "(3)\n\nއެ ލިޔުމުގެ އަސްލު ގެއްލިފައިވުމުގެ ސަބަބުން ނުވަތަ ނެތިގޮސްފައިވުމުގެ ސަބަބުން، ނުވަތަ ހެކި ހުށަހަޅާ ފަރާތުގެ ފަރުވާކުޑަކުރުމެއް ނުވަތަ އިހުމާލެއް ނުހިމެނޭ އެހެން ކަމެއް މެދުވެރިވުމުގެ ސަބަބުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ލިޔުން ކޯޓަށް ހުށަހެޅެން ނެތުން؛\n\n(4)\n\nލިޔުމެއްގެ އަސްލަކީ، ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ގެންދެވޭފަދަ އެއްޗަކަށް ނުވުން؛\n\n(5)\n\nލިޔުމެއްގެ އަސްލަކީ، ދައުލަތުގެ ރަސްމީ ލިޔުމަކަށްވުން؛", "duration": 34.4119375} {"audio_filepath": "audio/file77.wav", "text": "(6)\n\nލިޔުމެއްގެ އަސްލަކީ، އެ ލިޔުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅުމަށް މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ހުއްދަކުރެވިފައިވާ ލިޔުމަކަށްވުން؛\n\n(7)\n\nލިޔުމެއްގެ އަސްލަކީ، ތަފާތު ގިނަ ލިޔުންތަކެއްގެ މައްޗަށް އެކުލެވޭ ލިޔުމެއް ކަމަށްވެފައި، އެ ލިޔުންތަކުން ސާބިތުކުރަން ބޭނުންވާ ކަމަކީ އެ ލިޔުންތައް އެކުގައި ބެލުމުން ފެންނާނެ ނަތީޖާއެއް ކަމަށްވާނަމަ، އެ ލިޔުންތައް ކޯޓުން ބެލުމަކީ ދަތިކަމެއް ކަމަށްވުން.", "duration": 34.9924375} {"audio_filepath": "audio/file78.wav", "text": "(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތްތަކުގައި، ލިޔުމުގައިވާ އެއްޗަކާ ގުޅޭގޮތުން ހުށަހަޅާ ދެވަނަ ދަރަޖައިގެ ހެކި ޝަރީޢަތަށް ޤަބޫލުކުރެވޭނެއެވެ.\n\n(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ލިޔުމުން ވާ އިޤްރާރު ޝަރީޢަތަށް ޤަބޫލުކުރެވޭނެއެވެ.\n\n(ޅ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އެ އަކުރުތަކުގައި ބަޔާންކުރާ ލިޔުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ ފިޔަވައި ދެވަނަ ދަރަޖައިގެ އެހެން ހެއްކެއް ޝަރީޢަތަށް ޤަބޫލެއް ނުކުރެވޭނެއެވެ.", "duration": 45.78975} {"audio_filepath": "audio/file79.wav", "text": "(ކ) މި މާއްދާގެ (ނ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތުގައި، އެ އަކުރުގައި ބަޔާންކުރާފަދަ ލިޔުންތައް ދިރާސާކުރުމުގެ ހުނަރު ލިބިފައިވާ މީހަކަށް، އެ ލިޔުންތައް ދިރާސާކުރުމަށްފަހު އެ ލިޔުންތަކުން ދޭހަވާ ޢާންމު ނަތީޖާއާ ގުޅޭގޮތުން ޝަރީޢަތަށް ހެކިބަސް ދެވިދާނެއެ ވެ.", "duration": 25.0775} {"audio_filepath": "audio/file80.wav", "text": "އަަތުލިޔުން ނުވަތަ ސޮއި ސާބިތުކުރުން\nލިޔުމެއް ނުވަތަ ލިޔުމެއްގެ ވަކި ބައެއް ލިޔެފައިވަނީ، ނުވަތަ ލިޔުމެއްގައި ސޮއިކޮށްފައިވަނީ، ވަކި މީހަކު ކަމަށް ބުނާނަމަ، އެމީހަކު ލިޔެފައިވާ ކަމަށް ބުނާ ބައި ލިޔެފައިވަނީ އެމީހަކުކަން، ނުވަތަ އެ ލިޔުމުގައި ސޮއިކޮށްފައިވަނީ އެމީހަކުކަން، އެ ލިޔުން ޝަރީޢަތަށް ހުށަހެޅި ފަރާތުން ސާބިތުކޮށްދޭންވާނެއެވެ.", "duration": 29.071375} {"audio_filepath": "audio/file81.wav", "text": "ރަސްމީ ލިޔުންތައް\nތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކަކީ ރަސްމީ ލިޔުން ކަމުގައި ބެލޭނެއެވެ.\n\n(ހ) ދައުލަތުގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެ މައްޗަށް އެކުލެވޭ ގޮތަށް، އެ އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އުފައްދާ ނުވަތަ އެކުލަވާލާ ލިޔުން؛\n\n(ށ) ދައުލަތުގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެ އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ރެކޯޑަށްޓަކައި ބެހެއްޓިފައިވާ ލިޔުން؛", "duration": 33.9243125} {"audio_filepath": "audio/file82.wav", "text": "(ނ) ބޭރު ދައުލަތެއްގެ ރަސްމީ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެ މައްޗަށް އެކުލެވޭ ގޮތަށް އެއިން ތަނަކުން އުފައްދާ ނުވަތަ އެކުލަވާލާ ލިޔުން؛\n\n(ރ) ބޭރު ދައުލަތެއްގެ ރަސްމީ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެއިން ތަނަކުން ރެކޯޑަށްޓަކައި ބެހެއްޓިފައިވާ ލިޔުން؛\n\n(ބ) ދައުލަތުގެ އިދާރާއަކުން ބަލަހައްޓާ އަމިއްލަ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ރަސްމީ ރެކޯޑު.", "duration": 32.43825} {"audio_filepath": "audio/file83.wav", "text": "އަމިއްލަ ފަރާތްތަކުގެ ލިޔުންތައް\nރަސްމީ ލިޔުން ފިޔަވައި އެހެން ކޮންމެ ލިޔުމަކީ، އަމިއްލަ ފަރާތްތަކުގެ ލިޔުން ކަމުގައި ބެލޭނެއެވެ.\nރަސްމީ ލިޔުމުގެ އަސްލާ އެއްގޮތްކަން ބަޔާންކުރާ ކޮޕީ\nމި ޤާނޫނުގެ ބޭނުމަށްޓަކައި ރަސްމީ ލިޔުމެއްގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީއަކީ ޞައްޙަ ކޮޕީއެއް ކަމަށް ބެލޭނީ، އެ ކޮޕީއާ ގުޅޭގޮތުން ދައުލަތުގެ އެ އިދާރާއަކުން އަންނަނިވި ކަންކަން ފުރިހަމަކޮށްފައިވާނަމައެވެ.", "duration": 32.80975} {"audio_filepath": "audio/file84.wav", "text": "(ހ) އެ ލިޔުމުގެ ކޮޕީގައި، އެ ކޮޕީއަކީ ލިޔުމުގެ ނުވަތަ ލިޔުމުގެ ބައެއްގެ އަސްލާ އެއްގޮތް ކޮޕީއެއްކަން ބަޔާންކުރާ ތައްގަނޑު ޖަހާފައިވުން؛\n\n(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތައްގަނޑު ޖަހާފައިވުމާއެކު، އެ ތައްގަނޑު ޖެހި ތާރީޚާއި، އެ ތައްގަނޑު ޖެހި މުވައްޒަފުގެ ނަމާއި މަޤާމު ބަޔާންކޮށްފައިވުން؛\n\n(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުވައްޒަފަކީ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާގެ ސިއްކަޖެހުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްވެފައި، އެ ކޮޕީގައި އެ އިދާރާގެ ސިއްކަޖަހާފައި އޮތުން.", "duration": 37.5001875} {"audio_filepath": "audio/file85.wav", "text": "އިލެކްޓްރޯނިކް ހެކި، ވަސީލަތް އަދި ޑޭޓާ\nމި ބާބުގެ ބޭނުމަށްޓަކައި އަންނަނިވި ޢިބާރާތްތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.\n\n(ހ) \"އިލެކްޓްރޯނިކް ހެކި\" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތުގައި ޚުޞޫމާތް އުފެދިފައިވާ ވާޤިޢާއެއް ސާބިތުކުރުމަށް ނުވަތަ ނަފީކުރުމަށް ބޭނުންކުރެވިދާނެ، ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ އެފަދަ އެހެން ޑިވައިސްއެއްގައި ނުވަތަ އެފަދަ ސިސްޓަމެއް ނުވަތަ ޑިވައިސްއެއް މެދުވެރިކޮށް އެއްވެސް ވަސީލަތެއްގައި، ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ، އަދި މީހަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެފަދަ އެހެން ޑިވައިސްއަކަށް ދެނެގަނެވޭނެ، ނުވަތަ ދޭހަކުރެވޭނެ ގޮތަށް ހުންނަ ޑޭޓާ އަށެވެ. އޭގެ ތެރޭގައި، ޑިސްޕްލޭކޮށްފައިވާ ނުވަތަ ޕްރިންޓްކޮށްފައިވާ ނުވަތަ ޖެނެރޭޓްކޮށްފައިވާ ނުވަތަ އެނޫން ގޮތަކަށް އެ ސިސްޓަމަކުން ނުވަތަ ޑިވައިސްއަކުން ބޭރުކޮށްފައިވާ ޑޭޓާ ހިމެނެއެވެ.", "duration": 64.806875} {"audio_filepath": "audio/file86.wav", "text": "(ށ) \"އިލެކްޓްރޯނިކް ވަސީލަތް\" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގައި ނުވަތަ އެ އެއްޗެއް މެދުވެރިކޮށް ޑޭޓާ ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ އެފަދަ އެހެން ޑިވައިސްއާއި، އިލެކްޓްރޯނިކް ހެއްކެއް ރެކޯޑުކުރުމާއި ރައްކާތެރިކުރުމާ ގުޅޭގޮތުން ޢަމަލުކުރެވޭ އިޖުރާއަތުތައްވެސް ހިމެނޭގޮތުންނެވެ.\n\n(ނ) \"ޑޭޓާ\" ކަމަށް ބުނެފައި އެވަނީ، މަޢުލޫމާތު ނުވަތަ މަފްހޫމެއް، ކޮންމެ ސިފައެއްގައިވިޔަސް ރަމްޒުކޮށްދޭ ކޮންމެ އެއްޗަކަށެވެ.", "duration": 34.0404375} {"audio_filepath": "audio/file87.wav", "text": "އިލެކްޓްރޯނިކް ހެކި ޝަރީޢަތަށް ޤަބޫލުކުރުން\n(ހ) ވަކި ހެއްކަކީ އިލެކްޓްރޯނިކް ހެއްކަކަށްވާތީ، ހަމައެކަނިއެ ސަބަބަށްޓަކައި އެ އެއްޗެއް ހެކީގެ ގޮތުގައި ބަލައިނުގަތުމަކީ، މަޤުބޫލު ސަބަބެއް ނޫނެވެ.\n\n(ށ) މި ޤާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އިލެކްޓްރޯނިކް ޑޭޓާއަކީ އިލެކްޓްރޯނިކް ވަސީލަތެއް ޢާންމުކޮށް ބޭނުންކުރާ ކުރުމުގެ ތެރޭގައި ޖެނެރޭޓްކޮށްފައިވާ ޑޭޓާއެއް ކަމަށްވާނަމަ، އެ ޑޭޓާއެއްގައި ހިމެނޭ ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި، އެ ޑޭޓާއެއް ނުވަތަ އެ ޑޭޓާގައި ހިމެނޭ ބަޔާނެއް، ހެކީގެ ގޮތުގައި ޤަބޫލުކުރެވިދާނެއެވެ.", "duration": 40.6813125} {"audio_filepath": "audio/file88.wav", "text": "(ނ) އިލެކްޓްރޯނިކް ޑޭޓާ ޖެނެރޭޓްކޮށްފައިވަނީ ސީދާ އެ ޑޭޓާ ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްގެން ކަމުގައިވީނަމަވެސް ނުވަތަ އެކަމަށް އެކަށީގެންވާ އެހެން ވަސީލަތެއް ބޭނުންކޮށްގެން ކަމުގައިވީނަމަވެސް، އަދި އެ ޑޭޓާ ތައްޔާރުކުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން މީހެއްގެ ބައިވެރިވުން ލިބިފައިވީނަމަވެސް، އެ ޑޭޓާ ތައްޔާރުކޮށްފައިވަނީ އެ ޑޭޓާ ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްގެން ކަމުގައި ބެލޭނެއެވެ.", "duration": 36.014125} {"audio_filepath": "audio/file89.wav", "text": "(ރ) އިލެކްޓްރޯނިކް ޑޭޓާ ޖެނެރޭޓްކޮށްފައިވަނީ، މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ފެށުނު ފަހުން ކަމުގައިވީނަމަވެސް، ނުވަތަ އެ މައްސަލައެއްގެ ތަޙްޤީޤު ފެށުނު ފަހުން ކަމުގައިވީނަމަވެސް، އެ ޑޭޓާއަކީ ޤަބޫލުކުރެވޭނެ ހެއްކެކެވެ.", "duration": 20.572875} {"audio_filepath": "audio/file90.wav", "text": "އިލެކްޓްރޯނިކް ހެކީގެ ޞައްޙަކަން ސާބިތުކޮށްދިނުން\n(ހ) އިލެކްޓްރޯނިކް ޑޭޓާއެއް ނުވަތަ ހެއްކެއް ޝަރީޢަތަށް ހުށަހަޅާ ފަރާތަކުން، އެ ޑޭޓާ ނުވަތަ ހެކީގެ ޞައްޙަކަން ސާބިތުކޮށްދިނުން ލާޒިމުވެގެންވެއެވެ. އެގޮތުން، އެ އިލެކްޓްރޯނިކް ޑޭޓާއަކީ ނުވަތަ ހެއްކަކީ އެ ޑޭޓާ ނުވަތަ ހެކި ހުށަހަޅާ ފަރާތުން ބުނާ ޑޭޓާކަމަށް ނުވަތަ ހެކިކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅަންވާނެއެވެ.\n\n(ށ) އިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ޞައްޙަކަން ސާބިތުކުރުމަށްޓަކައި، އެ ޑޭޓާއެއް ނުވަތަ ހެއްކެއް ހުށަހަޅާ ފަރާތުން އަންނަނިވި ކަންކަން ހިމަނައި ސޮއިކޮށްފައިވާ އެފިޑެވިޓެއް ކޯޓަށް ހުށަހެޅިދާނެއެވެ. އަދި މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެފަދަ އެފިޑެވިޓަކީ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ޞައްޙަކަން ސާބިތުކޮށްދޭ އެކަށީގެންވާ ހެއްކެއް ކަމުގައި ކޯޓުން ބަލަންވާނެއެވެ.", "duration": 57.748} {"audio_filepath": "audio/file91.wav", "text": "(1)\n\nއިލެކްޓްރޯނިކް ހެކީގެ ޞައްޙަކަން އެފަރާތުން ކަށަވަރުކޮށްފައިވާނެކަމާއި، އެ ހެކީގެ ޗެއިން އޮފް ކަސްޓަޑީ އެކަށީގެންވާ ފަރުވާތެރިކަމާއެކު ބެލެހެއްޓިފައިވާނެކަން ޔަޤީންކޮށްދޭކަން؛ އަދި\n\n(2)\n\nއިލެކްޓްރޯނިކް ހެކީގެ ޗެއިން އޮފް ކަސްޓަޑީގެ ޞައްޙަކަން ދެމެހެއްޓުމަށްޓަކައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ފުރިހަމަކުރެވުނު އިޖުރާއަތުތަކުގެ އެކަށީގެންވާ ތަފްޞީލު", "duration": 30.0698125} {"audio_filepath": "audio/file92.wav", "text": "(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ޝަރީޢަތަށް ހުށަހަޅާފައިވާ އިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ޞައްޙަކަމާމެދު ނުވަތަ އެ ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފައްދާ ފަރާތަކުން، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްގެ ސަބަބުން އެ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ޞައްޙަކަމަށް އެކަށީގެންވާ މިންވަރަކަށް އަސަރުކޮށްފައިވާ ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ސާބިތުކޮށްދީފިނަމަ، އެ މާއްދާގައި ބަޔާންކުރާ އެފިޑެވިޓަކީ އިލެކްޓްރޯނިކް ހެކީގެ ޞައްޙަކަން ސާބިތުކޮށްދޭ އެކަށީގެންވާ ހެއްކެއް ކަމުގައި ކޯޓުން ބަލައިގެންނުވާނެއެވެ.", "duration": 46.74175} {"audio_filepath": "audio/file93.wav", "text": "(1)\n\nއިލެކްޓްރޯނިކް ޑޭޓާގައި ނުވަތަ ހެކީގައި ކުށެއް ނުވަތަ އޮޅުމެއް އޮތުން؛\n\n(2)\n\nއިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި އޮޅުވާލާފައިވުން؛\n\n(3)\n\nއިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގެ އިޖުރާއަތުތަކުގައި އުނިކަމެއް ހުރުން؛\n\n(4)\n\nއިލެކްޓްރޯނިކް ޑޭޓާއަށް ނުވަތަ ހެއްކަށް އިތުބާރުނުކުރެވޭނެ އެނޫންވެސް ސަބަބެއް އޮތުން.", "duration": 28.1193125} {"audio_filepath": "audio/file94.wav", "text": "(ރ) މި މާއްދާގެ (ނ) ގެ ދަށުން ޝަރީޢަތަށް ހުށަހަޅާފައިވާ އިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ޞައްޙަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފައްދާ ފަރާތަކުން އެދިއްޖެ ހިނދެއްގައި އަންނަނިވި ލިޔުންތައް، އެ ހެކި ހުށަހެޅި ފަރާތުން ފޯރުކޮށްދޭންވާނެއެވެ.\n\n(1)\n\nއިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ޞައްޙަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފައްދާ ފަރާތުން ޢައްޔަންކުރާ ޚަބީރުންނަށް އެ ޑޭޓާގެ ނުވަތަ ހެކީގެ ފޮރެންސިކް ތަޙްލީލެއް ކުރެވޭނެ ގޮތުން، އެ ޑޭޓާ ނުވަތަ ހެކީގެ ނަކަލެއް؛ އަދި\n\n(2)\n\nއިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި ހޯދައި އެ ޑޭޓާ ނުވަތަ ހެކި ގެންގުޅުމުގައި އަޅާފައިވާ އެންމެހައި ފިޔަވަޅުތަކާއި ފުރިހަމަކުރެވުނު އިޖުރާއަތުތަކުގެ އެކަށީގެންވާ ތަފްޞީލު.", "duration": 56.0761875} {"audio_filepath": "audio/file95.wav", "text": "(ބ) ކޯޓަށް ހުށަހެޅިފައިވާ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ޞައްޙަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ޞައްޙަކަމާމެދު ސުވާލު އުފައްދާ ފަރާތަކަށް، އެ ޑޭޓާ ނުވަތަ ހެކި ނެގުމާއި އޭގެ ޗެއިން އޮފް ކަސްޓަޑީގެ ޞައްޙަކަމާ ގުޅޭގޮތުން ހެކިބަސް ދޭނެ ފަރާތެއް ހާޒިރު ކޮށް އެފަރާތް ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި މިފަދައިން ކްރޮސް-އެގްޒެމިންކުރުމަށްޓަކައި އެ ހެކިން ހާޒިރުކުރުމަށް ފަނޑިޔާރު ނިންމަންވާނީ އެ ހެކިން ހާޒިރުކޮށް ހެކިބަސް ނަގަންޖެހޭ ބޭނުމެއް އޮތްކަމުގައި ކޯޓަށް ޤަބޫލުކުރެވޭނަމައެވެ.", "duration": 43.0961875} {"audio_filepath": "audio/file96.wav", "text": "(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި ހޯދައި ނަގާފައިވަނީ ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައި ހުރި ސަރވިސް ޕްރޮވައިޑަރއެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ ޑޭޓާ ނުވަތަ ހެކީގެ ޞައްޙަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ޞައްޙަކަމާމެދު ސުވާލު އުފައްދާ ފަރާތަކަށް، އެ ސަރވިސް ޕްރޮވައިޑަރގެ ހެއްކެއް ހާޒިރުކޮށް އެފަރާތް ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު ލިބޭނީ އަންނަނިވި ޙާލަތުގައި އެކަންޏެވެ.", "duration": 36.75425} {"audio_filepath": "audio/file97.wav", "text": "(1)\n\nއިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި އޮޅުވާލުމުގައި ސަރވިސް ޕްރޮވައިޑަރގެ މަޞްލަޙަތެއް އޮތްކަމުގެ އެކަށީގެންވާ ތުހުމަތެއް އޮތުން؛\n\n(2)\n\nޑޭޓާ ނުވަތަ ހެކި ނެގުމުގައި ނުވަތަ އެ ޑޭޓާ ނުވަތަ ހެކި ފޮނުވުމުގައި ސަރވިސް ޕްރޮވައިޑަރ ގޯހެއް ހަދާފައިވާކަމުގައި ނުވަތަ ސަރވިސް ޕްރޮވައިޑަރ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގެ އިޖުރާއަތުތަކުގައި އުނިކަމެއް ހުރިކަމުގައި ބެލެވޭނެފަދަ އެކަށީގެންވާ ހެކި ހުރުން؛\n\n(3)\n\nސަރވިސް ޕްރޮވައިޑަރއާމެދު އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް އުފެދިފައިވާ ނުރަނގަޅު ތަޞައްވުރެއްގެ ސަބަބުން އެ ސަރވިސް ޕްރޮވައިޑަރގެ ފަރާތުން ހާޒިރުކުރެވޭ ހެއްކެއް ކްރޮސް-އެގްޒެމިންކުރުމަކީ އެކަށީގެންވާ ކަމަކަށްވުން؛", "duration": 55.3751875} {"audio_filepath": "audio/file98.wav", "text": "(4)\n\nއިލެކްޓްރޯނިކް ޑޭޓާއެއް ނުވަތަ ހެއްކަށް އިތުބާރުނުކުރެވޭނެ އެނޫންވެސް ސަބަބެއް އޮތުން.\n\n(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ޙައްޤު އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ޞައްޙަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ޞައްޙަކަމާމެދު ސުވާލު އުފައްދާ ފަރާތަށް ލިބޭނީ، ކްރޮސް-އެގްޒެމިންކުރުމަށް ހެއްކެއްގެ ގޮތުގައި ހާޒިރުވުމަށް ސަރވިސް ޕްރޮވައިޑަރއަށް ނިސްބަތްވާ ހެކިވެރިޔާ އެއްބަސްވުމާއެކު، އެފަރާތުގެ ހެކިބަސް ނެގުމަށް ހާޒިރުކުރުމަށް ޑޭޓާ ނުވަތަ ހެކި ހުށަހަޅާ ފަރާތުން ކޯޓަށް ޤަބޫލުކުރެވޭނެފަދަ އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާނަމައެވެ", "duration": 40.8685625} {"audio_filepath": "audio/file99.wav", "text": "އިލެކްޓްރޯނިކް ވަސީލަތުގެ ޞައްޙަކަމާއި އިލެކްޓްރޯނިކް ހެ ކީގެ ބުރަދަން ކަނޑައެޅުން\n(ހ) އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އިލެކްޓްރޯނިކް ޑޭޓާއެއް ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތަކީ ޞައްޙަ ވަސީލަތެއް ކަމުގައި އަންނަނިވި ޙާލަތްތަކުގައި ކޯޓުން ބަލަންވާނެއެވެ.\n\n(1)\n\nހުރިހާ ވަގުތެއްގައިވެސް އެ ވަސީލަތް ރަނގަޅަށް މަސައްކަތްކުރާކަމުގެ ހެކި ހުށަހަޅާފައިވުން ނުވަތަ އެ ވަސީލަތް ރަނގަޅަށް މަސައްކަތް ނުކުރިނަމަވެސް، އެފަދައިން އެ ވަސީލަތް ރަނގަޅަށް މަސައްކަތްނުކުރުމުގެ ސަބަބުން އެ ވަސީލަތުގައި ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ޑޭޓާގެ ޞައްޙަކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ހެކި ހުށަހަޅާފައިވުމާއެކު، އެ ހެކީގެ ޞައްހަކަމާމެދު ސުވާލު އުފައްދާނެ އެހެން އެއްވެސް އެކަށީގެންވާ ސަބަބެއް ނެތުން", "duration": 52.4698125} {"audio_filepath": "audio/file100.wav", "text": "(2)\n\nއެ އިލެކްޓްރޯނިކް ޑޭޓާއަކީ، އެ ޑޭޓާ ހުށަހަޅާ ފަރާތާ ތަޢާރުޟުވާ މަޞްލަޙަތެއް އޮތް ޚަޞްމަކު ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ޑޭޓާއެއްކަން ސާބިތުކޮށްދެވިފައިވުން؛\n\n(3)\n\nއެ އިލެކްޓްރޯނިކް ޑޭޓާއަކީ، އެ މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކުން، އޭނާގެ ވިޔަފާރީގެ ޢާންމު މަސައްކަތުގެ ތެރޭގައި ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ޑޭޓާއެއް ކަމަށް ވެފައި، އެނާ އެކަން ކޮށްފައިވަނީ އެ ޑޭޓާ ހުށަހެޅި ފަރާތުގެ އެއްވެސް ނުފޫޒެއް ނުވަތަ ބާރެއް އޮވެގެން ނޫން ކަމަށް ސާބިތުކޮށްދެވިފައިވުން.", "duration": 43.459} {"audio_filepath": "audio/file101.wav", "text": "(ށ) އިލެކްޓްރޯނިކް ޑޭޓާއެއް މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެ އެއަށް ބުރަދަން ދިނުމުގައި، އެ ޑޭޓާއެއްގެ ބާވަތަށާއި، ބޭނުމަށާއި، ޑޭޓާގެ ނުވަތަ ޑޭޓާގައިވާ ބަޔާނުގެ ތެދުކަމަށާއި، އެ ޑޭޓާއެއް ރެކޯޑުކޮށް ނުވަތަ ރައްކާކުރުމުގައި ޢަމަލުކުރާ އުސޫލުތަކާއި މިންގަނޑުތަކާއި، އެ ޑޭޓާގައި ނުވަތަ އެ ޑޭޓާގައިވާ ބަޔާނާ ގުޅުންހުރި އެނޫން އެންމެހައި ޙާލަތްތަކާ ގުޅޭގޮތުން ހުށަހަޅާ ހެއްކަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.", "duration": 37.9428125}